މަލިކައްޑޫ އަދި ދިވެހިރާއްޖޭގައި އިހުޒަމާނުގައި އޮތް 14 އަތޮޅު

ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރިކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައިސްފައިވެއެވެ. ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި ޤުދުރަތީ އަތޮޅުތައް ބައިކުރެވި، އަތޮޅުތަކުގެ އުތުރުބުރިއާއި ދެކުނުބުރި ކިޔަންފެށީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ […]