ބޫޓް ޕޮލިޝްކުރާ ކުއްޖާ!

ކޮންމެ ދުވަހަކު ހެނދުނު، އިސްލާމްއާބާދުގެ ފައިސަލް މިސްކިތުގެ ބޭރުގައި ޢުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އިށީނދެގެން އިނދެއެވެ. އޭނާގެ ނަމަކީ ސަލީމްއެވެ. އޭނާގެ އަތުގައި ދުވަސްވީ ފޮށިގަނޑަކާއި، ބުރުހަކާއި، އަދި ކަޅު ޕޮލިޝްދަޅެއް އޮވެއެވެ. އޭނާގެ މުޅި ދުވަހުގެ މަސައްކަތަކީ މީހުންގެ ބޫޓު ޕޮލިޝްކުރުމެވެ. އޭނާ ކޮންމެ ބޫޓެއް ޕޮލިޝްކޮށްދެނީ 20 ރުފިޔާއަށެވެ. ދުވާލަކު 20 ބޫޓު ޕޮލިޝް ކުރުމުގެ ނަސީބު ލިބިއްޖެނަމަ 400 ރުފިޔާ ލިބެއެވެ. ދުވާލެއްގެ މައްޗަށް އެވަރު ލިބިގެން ނޫނީ […]