ލައިލާ ޚާލިދަކީ ކާކުކަން އެނގޭތަ؟

ލައިލާ ޚާލިދު އުފަންވީ 1944 ވަނަ އަހަރު ފަލަސްޠީނުގެ ހައިފާ ސަހަރަށެވެ. ކުޑައިރު ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތާ ގުޅި، ހަރުކަށި އެކްޓިވިސްޓެއްގެ ގޮތުގައި ވަރަށް އަވަހަށް ދުނިޔެއަށް ފެނިގެންދިޔައެވެ. ލައިލާ ޚާލިދާއި، އޭނާގެ އެކުވެރިން ވަނީ 1968 އާއި 1971 އާ ދެމެދު ހަތަރު ފަހަރެއްގެ މަތިން މަތިންދާ ބޯޓުތައް ހައިޖެކްކޮށްފައެވެ. ދުނިޔޭގައި އެންމެ އުނދަގޫ އެއް މަސައްކަތަކީ މަތިންދާބޯޓް ހައިޖެކް ކުރުމެވެ، އެއީ ކޮންމެ ޤައުމެއްގެ މަތިންދާބޯޓެއް ކަމުގައިވިޔަސް، ހައިޖެކްކޮށް އެމީހުންގެ ހުށަހެޅުންތައް ޤަބޫލުކުރުމަށް މަޖުބޫރު […]

އެމެރިކާގައި އޭއައި ސެންސަރު ކުރަން ޓްރަމްޕް އަންގައިފި

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން އަލަށް އުފައްދާ އެންމެ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް އާންމުންނަށް ދޫކޮށްލުމުގެ ކުރިން، ސަރުކާރުގެ އިދާރާތަކަށް ދައްކައި ސެންސަރުކުރުވުމަށް މަގުފަހިވާ ރިޔާސީ އަމުރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ. މި އަމުރުގެ ދަށުން، ކުންފުނިތަކުން އަލަށް ނެރޭ އެންމެ ފަހުގެ މޮޑެލްތައް ބާޒާރަށް ނެރުމުގެ 30 ދުވަސް ކުރިން ސަރުކާރުގެ ސައިބަރ ސެކިއުރިޓީ އިދާރާތަކަށް އެ ތަކެތި ދިރާސާކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ އެދިފައެވެ. ސަރުކާރުން ބޭނުންވަނީ މިފަދަ ވަރުގަދަ މޮޑެލްތަކުގެ ސަބަބުން […]

އިންސާނުންގެ މަސްކާ ގުއިވަޅު މެހިތައް އެމެރިކާގައި އާލާ ވަނީ

އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ދިރިހުރި މަސްގަނޑު ކާލާ ނުރައްކާތެރި ފަނި އުފައްދާ ގުއިވަޅު މެހިތަކެއް، އެމެރިކާގެ ބޯޑަރާ ދިމާ ސަރަހައްދުގައި ފެތުރެމުންދާތީ އެ ޤައުމުގެ ސަރުކާރުން ކުއްލި އިންޒާރެއް ނެރެފިއެވެ. ނިއު ވޯލްޑް ސްކްރޫވޯރމްގެ ނަމުން ނަންދެވިފައިވާ މި މެހީގެ އާލާވުން މިހާރު ވަނީ މެކްސިކޯއާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ ޓެކްސަސް ބޯޑަރާ އެންމެ ތިރީސް އެއް މޭލު ކައިރިން މިހާރު ވަނީ މި މެހީގެ […]

ހައްޖާޖީންނަށް ޖެއްސި ހާލު، ބޮޑު ފަޟީހަތަކަށްވެ އިސްތިއުފާއަށް ގޮވައިފި

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސްރީލަންކާއިން ދިޔަ 3,500 ހައްޖާޖީންނަށް މިނާގެ ފޭލިގެތަކުގައި ހޭދަކުރަންޖެހުނު ހަތަރު ދުވަސް، އިންތިޒާމުތައް ދަށްވުމުގެ ސަބަބުން ބިރު ބޮޑު ހުވަފެނަކަށްވިއެވެ. އިންސާނީ ކަރާމާތް ގެއްލޭ ފަދަ ދަށު ދަރަޖައިގެ ޙާލަތެއްގައި ހައްޖާޖީން އުޅެންޖެހުމުން، ސްރީލަންކާގެ ހައްޖު ކޮމިޓީގެ ހިންގުންތެރިކަމެއް ނެތްކަން ހާމަވެ، އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ. މި މައްސަލައިގެ މުގުލުގައިވަނީ، ތަޖުރިބާކާރު ލޯކަލް ޓްރެވަލް އެޖެންޓުންގެ ލަފަޔާ ޚިލާފަށް، ހައްޖު ކޮމިޓީން އަމިއްލައަށް އިޚްތިޔާރުކުރި ”ރިހްލަތު ވަ މަނާފިއު“ ކުންފުންޏެވެ. […]