އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރާއްޖެއަށް ގެނެސްފި

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، ދިވެހި ސަރުކާރުން އޮސްޓްރޭލިއާއިން ހޯއްދެވި ނޭވީ މަނަވަރު، ދިވެހިރާއްޖެއަށް ގެނެސްފިއެވެ. މި އުޅަނދު އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއެވެ. މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާއި އެއްގޮތަށް އެމްއެންޑީއެފް […]
އުންމަތުގެ ހަމަޖެހުން ބިނާވެގެންވަނީ،އަޚުވަންތަކަމުގެ މައްޗަށް: ރައީސް

ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ނެރުއްވި ޚިތާބެއްގައެވެ. ޚިތާބުގައި ރައީސް ވިދާޅުވެފައިވަނީ ”މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހޭ،“ ކަމަށެވެ. […]
އެމެރިކާއާއި، އީރާނުގެ ޞުލްޙައިގެ މަޝްވަރާތައް ކޮންމެ ފަހަރަކު ފޭލިވަނީ ކީއްވެގެންތަ؟

އެމެރިކާއާއި، އީރާނުގެ ޞުލްޙައިގެ މަޝްވަރާތައް ކޮންމެ ފަހަރަކު ފޭލިވަނީ ކީއްވެގެންތަ؟ ޞުލްޙައާ ގާތަށް އާދެވެއެވެ. ލުބުނާނަށް ބޮން އަޅައެވެ. ޞުލްޙައިގެ އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ހުށަހެޅެއެވެ. މި ޕެޓާރން، މިގޮތަށް އެތައް ފަހަރަކު ތަކުރާރު ވެއްޖެއެވެ. މިހާތަނަށް ފާއިތުވީ ޞުލްޙައިގެ މަޝްވަރާތަކުގެ ވަގުތު ރޮނގަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟ 13 އޭޕްރީލުގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. 14 އޭޕްރީލުގައި، އިޒުރޭލުން ލުބުނާނަށް ބޮންއެޅިއެވެ. 15 އޭޕްރީލުގައި، އީރާނުން އެއްބަސްވުން ބާޠިލުކުރިއެވެ. 13 މޭގައި […]
