އިންތިޒާރު (ހަތްވަނަ ބައި)

އެހިނދު ސާއިދު އަވަސްވެގަތީ އެތަނުން ދުރަށް ދިޔުމަށެވެ. ސާއިދު ހިނގައިގަތުމަށް އެޅި ފިޔަވަޅު ކުއްލިޔަކަށް ހުއްޓުނީ މަޑުމައިތިރި އަޑަކުން ސާރާ ކޮށްލި ސުވާލުންނެވެ. ”ދަނީތަ؟“ އާނއެކެވެ. ސާރާއާއި ދުރުގައި ހުރެގެން އޭނާއާއި ވާހަކަ ދެއްކުމުގެ ހިތްވަރު ސާއިދުއަށް ލިބުނެއް ކަމަކު، ކުރިމައްޗަށް އައިސް ހުއްޓުމުން ނުލިބޭނެކަން ސާއިދުއަށް ކުރިންވެސް އެނގެއެވެ. ކަންވީވެސް އެހެންނެވެ. އެގޮތުން މިއަދު ސާއިދު ހިމެނިގެން އެދަނީ ފިނޑިންގެ ލިސްޓުގައެވެ. އެހެނީ ސާރާގެ އެ ކުޑަކުޑަ ސުވާލަށް ޖަވާބެއް ދިނުމުގެ ހިތްވަރެއްވެސް ސާއިދުއަކަށް ނުލިބުނެވެ. […]
