ބޮޑެތި ކުށްކުރުމަށް ބޭނުންވާ ފައިސާ ހޯދަނީ މަތުވާތަކެތީގެ ވިޔަފާރީން: އިހްސާން

މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑު ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި […]
އަހުރެންނަކަށް ޓެޓޫއެއް ނުޖެހޭނެ!

ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް ބުނިގޮތުގައި، ސްޕޭނުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކަމުގައިވިޔަސް އޭނާއަކަށް، އޭނާގެ އިސްލާމީ ޢަޤީދާގެ ސަބަބުން ޓެޓޫއެއް ނުޖެހޭނެއެވެ. ވޯރލްޑް ކަޕް ޗެމްޕިއަންކަން ލިބިއްޖެނަމަ، އެކަން ފާހަގަކުރުމުގެ ގޮތުން ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ މޫނުގެ ޓެޓޫއެއް ޖަހާނެތޯ ސުވާލުކުރުމުން، އެއްވެސް މީހެއްގެ މޫނުގެ ޓެޓޫއެއް ނުޖަހާނެކަމަށް ޔަމާލް ޖަވާބުދިނެވެ. އަދި، އޭނާ އިތުރަށް ބުންޏެވެ. ”އަހުރެންނަކީ މުސްލިމެކެވެ. އަދި އަހުރެންނަށް ޓެޓޫއެއް ނުޖެހޭނެއެވެ.“ އޭނާގެ ނިންމުން ބިނާވެފައިވަނީ، […]
