ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކެންޕޭނުގައި ރައީސް ނަޝީދު ބައިވެވަޑައިގަންނަވާނެ: ސައްޕެ
ޚަބަރު

ކެންޕޭނުގައި ރައީސް ނަޝީދު ބައިވެވަޑައިގަންނަވާނެ: ސައްޕެ

މމުހައްމަދު އަލީ10 ޑިސެމްބަރު 2025
ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު ނަޝީދު ގަދަކޮށް ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޕޭނުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ.  "ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ގަދަކޮށް ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ ! އިންޝާ ﷲ ، ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީ އަށް،" ސައްޕެ ވިދާޅުވެފައިވެއެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ކުރިއަށް ދެމިގަންނާނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ދެބޭފުޅުން އެއްބަސް ވިދާޅުވެ ޕާޓީ ހިންގަވަން ފެށްޓެވުމުން ކަމަށެވެ. އެކަން އެގޮތަށްވާނޭ ކަމަށާއި އެކަން ދެންއޮތީ މާދުރުގައި ނޫންކަމަށް އުންމީދު ކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު