ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަމާޒަކީ މަސްވެރިކަން ޒަމާނީކޮށް ފުރުސަތު ފަހިކޮށްދިނުން: ރައީސް
ޚަބަރު

އަމާޒަކީ މަސްވެރިކަން ޒަމާނީކޮށް ފުރުސަތު ފަހިކޮށްދިނުން: ރައީސް

މމުހައްމަދު އަލީ10 ޑިސެމްބަރު 2025
ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި ސަރުކާރުން މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށްދެއްވާނޭ ކަމަށެވެ. އަދި އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގައުމުގެ އިޤްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކުރެއްވުމަކީވެސް އަމާޒެއް ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން،" ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މިސިނާއަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް ދަންވައިފައެވެ. 'މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާ" ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު