ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މަސްވެރިކަމާ ގުޅޭ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވާ: ރައީސް ސާލިޙު
ޚަބަރު

މަސްވެރިކަމާ ގުޅޭ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވާ: ރައީސް ސާލިޙު

މމުހައްމަދު އަލީ10 ޑިސެމްބަރު 2025
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސްވެރިކަމާ ބެހޭ މުހިންމު މަޝްރޫޢުތައް އަވަހަށް ނިންމެވުމަށް އެމަނިކުފާނު މިސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް “ކުރީ ސަރުކާރުން” ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރަމެވެ." އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށެވެ. ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ މަސްވެރިކަމުގެ ގިނަ މަޝްރޫއުތަކެއް ފަށްޓަވައިފައެވެ.  

ގުޅުންހުރި ޚަބަރު