ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޚަބަރު

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މމުހައްމަދު އަލީ11 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް 2026 ގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުންނަށް ފުރުޞަތު ހުޅުވާލިފަހުން ދާއިރާތަކަށް ވަނީ ބަދަލު އައިސްފައެވެ. އެހެންކަމުން އެދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދާއިރާތަކާއި އަދި ރަށުކައުންސިލް އަކަށް މިހާރު ބަދަލުވެފައިވާ އައްޑޫ އަތޮޅު ހުޅުދޫ އަދި މީދޫ ރަށު ކައުންސިލަށް އެޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މިދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ. އެފުރުސަތު ހުޅުވާލައިފައިވަނީ 11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ގުޅުންހުރި ޚަބަރު