ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބަންކަރިންގެ ހިދުމަތް ރާއްޖެގައި ފަށައިފި
ޚަބަރު

ބަންކަރިންގެ ހިދުމަތް ރާއްޖެގައި ފަށައިފި

މމުހައްމަދު އަލީ20 ސެޕްޓެމްބަރު 2024
އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތް ރާއްޖެގައި  މިއަދު ފަށައިފިއެވެ. މިއީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގައި ހިމެނޭ މުހިންމު ހިދުމަތެކެވެ. މީގެ ދަށުން ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ބަންކަރިންގެ ހިދުމަތް ފައްޓަވައި ދެއްވީ މިއަދު [އެ ސަރަހައްދުގައި] ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިޔަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. މި ރަސްމިއްޔާތުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހިދުމަތް ރާއްޖޭގައި މިފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާއި އެސްޓީއޯ ގުޅިގެންނެވެ. އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ. އުޅަނދުގެ މައުލޫމާތު: އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. އެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. ބަންކަރިން ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު/ފޯޓީ އެސްޓީއޯ މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ ދެބޯޓެވެ. ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ވެސް ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރު ކްލާހުންނާއި ފްލެގް ސްޓޭޓުން ވަނީ މި ދެ ބޯޓަށް ދޫކޮށްފައެވެ. މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓު ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯއިން ބުނީ މި ހިދުމަތަކީ އެކުންފުނީގެ ތަޖުރިބާހުރި ދާއިރާއެއް ކަމަށެވެ. "މި ކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް މި ކުންފުނިން އަންނަނީ ކުރަމުންނެވެ." އެކަމަށް ބޭނުންވާ ގާބިލް ޓީމެއް އެސްޓީއޯގައި އެބައޮތް ކަމަށް އެސްޓީއޯއިން ބުންޏެވެ. މިއީ ރާއްޖޭގައި އަލަށްފެށި ހިދުމަތަކަށްވިޔަސް މިކަން ކާމިޔާބު ކުރުމަކީ އެސްޓީއޯގެ އުންމީދެކެވެ. "މި ކުންފުޏާއެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ." އިގްތިސާދީ ވަޒީރު ސައީދު/ފޮޓޯ އެސްޓީއޯ "އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ހިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެއެވެ. އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ހިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ހިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓްއެއް ހޯދޭނޭކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބަ އޮތެވެ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް/ފޮޓޯ އެސްޓީއޯ އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކުގެ ތެރޭގައި ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އައި ޝިޕް ސްޓޯރސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ ކޮށްދިނުމުގެ އިތުރުން ސާފު ބޯފެން ފޯރުކޮށްދިނުން ހިމެނެއެވެ.

ގުޅުންހުރި ޚަބަރު