ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިންތިޚާބުގެ ކެންޕޭނުގައި ދެ ރައީސުން އެއްކޮށް ފެންނާނެ: ސައްޕެ
ޚަބަރު

އިންތިޚާބުގެ ކެންޕޭނުގައި ދެ ރައީސުން އެއްކޮށް ފެންނާނެ: ސައްޕެ

މމުހައްމަދު އަލީ12 ޑިސެމްބަރު 2025
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު ސާލިހު އެއްކޮށް ފެންނާނޭ ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ކުރިއަށް ގެންދެވޭނީ އެންމެން އެކަތިކަނޑަކަށް ވެގެންކަމަށެވެ. އެގޮތުން ޕާޓީގައި ގިނަދުވަސްވެފައިވާ ކުރީގެ ލީޑަރުން ގަދަކޮށް އެނބުރި ވަޑައިގެން މަސައްކަތް ކުރެއްވުމަކީ ޕާޓީއަށާއި އެންމެހާ ރައްޔިތުންނަށް ވެސް އެންމެ މަންފާހުރި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ސައްޕެ ވިދާޅުވީ ރައީސް ނަޝީދާއި، ރައީސް އިބޫ އެއްކޮށް އެމްޑީޕީގައި ގަދަކޮށް މަސައްކަތް ކުރެއްވުމަކީ ފައުންޑިން މެންބަރެއްގެ ހައިސިއްޔަތުން އަބަދުވެސް އުންމީދު ކުރެއްވި ކަމެއް ކަމަށެވެ. އަދި އެކަމަށް އެކިގޮތްގޮތުން މަސައްކަތް ވެސް ކުރެއްވި ކަމަށް ވިދާޅުވިއެވެ. މިދެބޭފުޅުން އެއްކޮށް ލޯކަލްކައުންސިލް އިންތިޚާބުގައި މަސައްކަތް ކުރެއްވުމަކީ އެންމެނަށް ވެސް ވަރަށް އުފާވެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި  ރައީސް ނަޝީދާއި  ރައީސް އިބޫ ގަދަކޮށް !  އިންޝާﷲ،  ކައުންސިލް ބޮޑުތަނުން އެމްޑީޕީއަށް،" ސައްޕެ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު