ޚަބަރު
މައުރޫފުގެ ހައްޔަރަކީ ހުތުރުކަން ގެނުވައިދިން ހައްޔަރެއް: އިންތި
ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ހިޔުމަން ރައިޓްސް ދުވަސް ފާހަގަ ކުރެވިގެން ދިޔައީރައްޔިތުންގެ މަޖިލީހުގެ ކެންދީ ދާއިރާގެ މަޖިލީސް މެންބަރު މައުރުފް ޒާކިރުގެ ހައްޔަރާ އެކުގައެވެ.
https://twitter.com/Imthiyazfahmy/status/1999365112130679024
އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާއެކު ކަނޑުމަތީގައި އިހުތިޖާޖު ކުރަމުން ދަނިކޮށްނެވެ. އޭނާ ހައްޔަރުކުރުމުން އެމްޑީޕީއާއި ބައެއް ސީޔާސީން ގެންދަނީ މައުރޫފް ދޫކޮށްލުމަށް ގޮވަމުންނެވެ. އޭނާ ދޫކޮށްލުމަށް ގޮވާލައި ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އިންތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ "މަސްވެރިންގެ ދުވަހާއި ހިޔުމަން ރައިޓްސް ދުވަސް ފާހަގަކުރެވިގެން އެދިޔައީ. މި ދެދުވަހަށް ވެސް ހުތުރުކަން ގެނުވައިދިން ހައްޔަރެއް މި ހައްޔަރަކީ،" އިންތި ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ އެ އިހްތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ފުލުހުންގެ ނަސޭހަތަށް އިޖާބަނުދީ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ. އަދި ބިދޭސީން އޮޑިފަހަރަށް އަރުވައިގެން އިހްތިޖާޖުގައި އެމީހުން ބައިވެރި ކުރުވަމުންދިޔުމުން ކަމަށެވެ.
މައުރޫފުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިޔައިރު އޭނާދޫކޮށްލުމަށް ގޮވާލައި އެސަރަހައްދުގައި އެމްޑީޕީން ވަނީ އަޑުގަދަކޮށްފައެވެ.