ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އައްޑޫ މޭޔަރުކަމަށް ޑރ. އަދީލް ވާދަކުރައްވަނީ
ޚަބަރު

އައްޑޫ މޭޔަރުކަމަށް ޑރ. އަދީލް ވާދަކުރައްވަނީ

މމުހައްމަދު އަލީ13 ޑިސެމްބަރު 2025
އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނޭ ކަމަށް ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އޭނާ ވިދާޅުވެފައިވަނީ  "ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމުގެ މަގްސަދުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި ވާހަކަ އިއުލާންކުރަން،" ކަމަށެވެ. މިކަމަށް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންނާއި އެކިކަންކޮޅުތަކުގައި ތިބި އާއިލީ/އެކުވެރި/ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ ތާއިދަށާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. އަދީލް ވިދާޅުވެފައިވެއެވެ. ޑރ. އަދީލް ފާހަގަ ކުރެވިފައިވަނީ ތައުލީމީ ދާއިރާގެ ބޭފުޅެއްގެ ގޮތުގައެވެ. މިހާރު ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ.  

ގުޅުންހުރި ޚަބަރު