ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މައުރޫފު ބަންދުކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެއް: ފައިސަލް
ޚަބަރު

މައުރޫފު ބަންދުކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެއް: ފައިސަލް

މމުހައްމަދު އަލީ13 ޑިސެމްބަރު 2025
ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ސުލްޙަވެރިކަމާ އެކު އިހުތިޖާޖު ކުރަމުން ދަނިކޮށް، ހައްޔަރުކޮށްފައިވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފަސް ދުވަހަށް ބަންދުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ "ސުލްޙަވެރިކަމާ އެކު ޚިޔާލު ފާޅު ކުރުމާއި، ޙައްގުތައް ހޯދަން ވަކާލާތު ކުރުމަކީ ޤާނޫނު އަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްގެއް،" ކަމަށެވެ. އެހެން ކަމުން  މެމްބަރު މަޓޭ، މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މެންރު މައުރޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ މާކުރިން ފެށިގެން ރާއްޖޭގެ މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ޓީމް ފަދަ ޖަމިއްޔާތައް ހައްދަވައިގެން ކުރީގެ މެންބަރު އަހުމަދު އީސާއާއި، ދިއްދޫ އާދަމް ސަލީމް މެންފަދަ ބޭފުޅުންނާއެކު މަޓޭ އައީސް ގަދަ އަޅާ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ޚަބަރު