ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހެޔޮ އަގުގައި ތެޔޮ ވިއްކާ ފުރަތަމަ ޝެޑް ހުޅުވައިފި
ޚަބަރު

ހެޔޮ އަގުގައި ތެޔޮ ވިއްކާ ފުރަތަމަ ޝެޑް ހުޅުވައިފި

މމުޙައްމަދު ގުރައިޝް އަޙްމަދު13 ޑިސެމްބަރު 2025
ރާއްޖޭގެ ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ފުރަތަމަ ފިއުލް ޝެޑް ރ. ދުވާފަރުގައި ހުޅުވައިފިއެވެ.
މި ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރަށް ވަޑައިގެންނެވެ.

މި ފިއުލް ޝެޑަކީ ބޮޑު ކަންނެލީގެ މަސްވެރިންނަށް "އެސްޓީއޯ ރޭޓު" ގައި ނުވަތަ ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ވަސީލަތްތައް ގާއިމުކުރުމުގެ ޕްލޭންގެ ދަށުން ހުޅުވުނު ފުރަތަމަ ތަނެވެ. މި ތަން ހުޅުވުމާ އެކު، ދުވާފަރު ސަރަހައްދުގެ މަސްވެރިންނަށް ތެޔޮ ހޯދުމަށް ކުރާ ހަރަދު ކުޑަވެ، ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ މަގު ތަނަވަސްވެގެން ދާނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މި ނިޒާމު ގާއިމުކުރުމެވެ. މި ގޮތުން ހުރިހާ އަތޮޅަކުން ވެސް "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު