ޚަބަރު
އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ކުރިއަށްދޭ، ވިސްނައިގެންތިބޭތި: ސައްޕެ
ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރޫޅާލުމުގެ މަސައްލަތް ޕާޓީއާ އަދާވާތްތެރި މީހުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
https://twitter.com/meemu_sapppe/status/1999773023411552604
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މަކަރުވެރި މަޅިތަކުގައި އެމްޑީޕީ މެންބަރުން ނުބެދި ސަލާމަތްވާން ޖެހޭ ކަމަށެވެ. "އަދާވާތްތެރިން އެމްޑީޕީ ރޫޅައި ނައްތާލަން ކުރަމުންގެންދާ މަކަރުވެރި ހީލަތްތެރި މަސައްކަތްތަކާއި ރޭވުންތައް މިއަދުވެސް ބާރަށް ކުރިއަށް ދާކަން ސޯސަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ލިޔުންތަކުން ވަރަށްސާފު،" އޭނާ ވިދާޅުވެފައިވެއެވެ.
މިއީ އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުން ވަރަށްބޮޑަށް ވިސްނައި ސަމާލުވާންޖެހޭ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އެ ހީލަތްތެރި މަޅިތައް މިއަދުވެސް އެގެންދަނީ ޖަހަމުން! އެމަޅިތަކުގާ ނުބެދި ސަލާމަތްވޭ،" އޭނާ ވިދާޅުވެފައިވެއެވެ. މި ޕޯސްޓާއެކު އޭނާ ވަނީ ބައެއް ލިޔެކިންތައް ހިމަނާފައެވެ.
https://widelensreport.com/mdp-founding-member-warns-of-deceptive-traps/