ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނިފަހަރު ދޫކޮށްލައިފި
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނިފަހަރު ދޫކޮށްލައިފި

މމުހައްމަދު އަލީ13 ޑިސެމްބަރު 2025
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ޑިސެމްބަރު ދިހައެއް އަދި އެގާރަވަނަ ދުވަހު މާލޭ އުތުރުފަރާތުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖު ރޫޅާ ލުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި މިހާރުވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ދޯނިފަހަރު ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. "އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 ދޯނި ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި. ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހު،" ފުލުހުން ވިދާޅުވެފައިވެފައިވެއެވެ. މި  އިހުތިޖާޖުގައި ބައިވެރިވަމުންދަނިކޮށް ހައްޔަރުކުރި 4 ބިދޭސީއަކު މިހާރުވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ އެ ބިދޭސީންނަކީ ގަވާއިދުން ދޯނީގައި ރަޖިސްޓްރީ ވެގެން މަސައްވެރިކަން ކުރަމުންދިޔަ މީހުން ކަމަށެވެ. އެމީހުން ހައްޔަރުކޮށް ޑީޕޯޓު ކުރުންފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ. އެމީހުންނަކީ ދޯނީގައި ތިއްބަސް ހަރަކާތުގައި ބައިވެރިވި ބައެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ. ބިދޭސީންގެ ތެރެއި މިހަރަކާތުގައި އަމަލީ ގޮތުން ބައިވެރި ބަޔަކުތިބިނަމަ އެބަޔަކު ހައްޔަރު ކުރުމަކީ މައްސަލައެއް ނޫންކަމަށް ވެސް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު