ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މީރާގެ މުބާރާތުގައި ބައިވެރިވެގެން ފަސްހާސް ރުފިޔާ ހޯދާ
ޚަބަރު

މީރާގެ މުބާރާތުގައި ބައިވެރިވެގެން ފަސްހާސް ރުފިޔާ ހޯދާ

ހިރި ނިއުސްހިރި ނިއުސް20 ސެޕްޓެމްބަރު 2024
މީރާއިން ޢިފްތިތާހުކުރި "ގުޅިގެން މީރާ" އިނީޝިއޭޓިވްގެ ދަށުން، އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ކުރެހުން ހުށަހަޅަން ޖެހޭ މައުޟޫއަކީ 'ޤައުމު ބިނާކުރުމުގައި ދައުލަތަށް ނަގާ ޓެކުހުގެ ދައުރު' އެވެ. މި މައުޟޫއަށް ކުރަހާ ކުރެހުންތަކުގައި، ޤައުމު ބިނާކުރުމުގައި މީރާ އާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ދައްކުވައިދެވިދާނޭ ކަމަށް މީރާއިން ބުނެފައިވެއެވެ. މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 (ތިން) އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 18 އަހަރާ ދެމެދު އަދި 18 އަހަރުން މަތީގެ ފަރާތްތަކެވެ. މިއިން ކޮންމެ އުމުރުފުރާއަކުން 1 ވަނަ، ދެވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.
  • 1 ވަނަ - 5000 ރުފިޔާ
  • 2 ވަނަ – 3500 ރުފިޔާ
  • 3 ވަނަ – 2000 ރުފިޔާ
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރެހުންތައް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 31 އޮކްޓޫބަރު 2024 އެވެ. ކުރެހުންތައް މީރާގެ މައި އޮފީހަށް ނުވަތަ އަތޮޅުތެރޭގައި ޤާއިމުކުރެވިފައިވާ މީރާގެ ބްރާންޗް އޮފީސްތަކާއި ކަލެކްޝަން ސެންޓަރުތަކަށް ހުށަހެޅޭނެއެވެ. އަދި 'ޑިޖިޓަލް އަރޓް' ހުށަހަޅާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރެވޭނެއެވެ. މީރާއިން ހުޅުވާލައިފައިވާ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ޚަބަރު