ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އުމަރުގެ ނަސޭހަކަތެއް ސަރުކާރަށް، "ޚަރަދުކުޑަކުރޭ"
ޚަބަރު

އުމަރުގެ ނަސޭހަކަތެއް ސަރުކާރަށް، "ޚަރަދުކުޑަކުރޭ"

މމުހައްމަދު އަލީ20 ސެޕްޓެމްބަރު 2024
ކުރީގެ ހޯމް މިނިސްޓަރ އަދި ވިޔަފާރިވެރިޔާ އުމަރު ނަސީރު މިސަރުކާރަށް ހެޔޮ ބަސްބުނެ ނަސޭހަތްދެއްވައިފިއެވެ. އުމަރުގެ ނަސޭހަތަކީ ޚަރަދު ކުޑަކުރުން ނޫން ދެވަނަ އެއްވެސް ގޮތެއް މިސަރުކާރަށް މިވަގުނެތް ކަމަށެވެ. "މިސަރުކާރަށްއޮތް ނަސޭހަތަކީ ޚަރަދުކުޑަކުރާށޭ. މިއަށްވުރެ ބޮޑުކަމެއްނެތް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން މިވަގުތުކުރާކަމަށް. ޚަރަދުކުޑަނުކޮށްފިއްޔާ ވާނީ ބަނގުރޫޓު،" އޭނާ ވިދާޅުވިއެވެ. އާމްދަނީ އިތުރުކުރާ ވާހަކައާއި ބަންކަރިންގެ ޚިދުމަތަކީ ވަރަށް ދިގު މުއްދަތުން އޭގެ ހެޔޮ އަސަރު ފެންނަ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކުރު މުއްދަތަކުން ފައިސާ ލިބޭނޭ ކަންކަމެއްނޫނެވެ. "ކުރުމުއްދަތެއްގެ ތެރޭގައި ގެނެވޭނޭ އެންމެ ރަނގަޅު ބަދަލަކީ ޚަރަދުކުޑަކުރުން އެނޫން އެއްވެސް ކަމެއްނެތް މިވަގުތަށް ކުރެވެން،" އުމަރު ވިދާޅުވިއެވެ. ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމްތައް މަދުކުރުމާއި، ޕާލަމެންޓް ކުޑަކުރުމާއި، ޖުޑިޝަރީ ކުޑަކުރުމާއި، ސަރުކާރުގެ މުއައްސަސާތައް މަދުކޮށް، ކައުންސިލްތައް މަދުކޮށް ބޭކާރު ޕްރޮޖެކްޓްތައް މުޅިން ހުއްޓާލަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން ބޭކާރު އިދާރާތައް އުވާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ތައުލީމާއި، ސިއްހަތާ ގުޅުންހުރި ޕްރޮޖެކްޓްތައް ފިޔަވައި އެހެން ޕްރޮޖެކްޓުތައް ހުއްޓާލުމަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އޭގެތެރޭގައި ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ޕްރޮޖެކްޓްތަކާއި ދާއިމަށް ހުއްޓާލަންޖެހޭ ޕްރޮޖެކްޓްތައް ހިމެނެއެވެ. "ފުރަތަމަ ފެންސީ ޕްރޮޖެކްޓުތައް އެއްކޮށް ހުއްޓާލަންވީ. ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓްތައްވެސް ތިންއަހަރަށް މެދުކަނޑާލަންވީ. އެޑިޔުކޭޝަނަށާއި ސިއްހަތަށްޓަކައި ހިންގާ ޕްރިޖެކްޓް ކުރިއަށްގެންދަންވީ. އެހެން ނުހަދައިފިއްޔާ ސީދާ ބަނގުރޫޓުވުމާ ދިމާއަށް މިދަނީ،" އުމަރު ވިދާޅުވިއެވެ. ސަރުކާރު ބަނގުރޫޓު ވެއްޖެނަމަ އެކަމުގެ ގެއްލުން މުޅި ޕްރައިވެޓް ސެކްޓަރައަށް ކުރާނެއެވެ. ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ އެތައް ފައިސާއެއް ނުދެވި މިހާރުވެސް އެބަހުއްޓެވެ. އެ ފައިސާ ނުލިބުމުން ސަރުކާރާއެކު ކުންފުނިތައް ވެސް ބަނގުރޫޓުވާނޭ ކަމަށް އުމަރު ވިދާޅުވިއެވެ. "ސަރުކާރު ބަނގުރޫޓުވުމަކީ ލޯކަލް އެތައް ކުންފުންޏެއް ބަނގުރޫޓުވުން،" މީގެ ސަބަބުން ދިމާވާނޭ އަނެއްކަމަކީ އިންޓަރނޭޝަނަލް މާކެޓުން ލޯނު ލިބުންފަދަ ކަންކަން އެއްކޮށް ހުއްޓުމެވެ. "މިހާރު އިރުއިރުކޮޅާ ޓީބިލެއް އެބަވިއްކާ. އެ ގަންނަނާނެ ބަޔަކު ނުވާނެ ބަނގުރޫޓުވުމުން. ތިންވަނަ ކަމަކީ ބާރުގަދަ މުއްސަނދި ގައުމުތަކުގެ ފައިބުޑަށް ވެއްޓި ދޫލާންޖެހުން. އެއީ މިނިވަންކަމަށް އެޅޭނޭ ބޮޑު ހުރަހެއް،" އުމަރު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު