ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޕާޓީގެ ކުރިއެރުމަށްޓަކައި މޭޔަރުކަމުގެ ބަދަލުގައި އީނާ ޑަބްލިޔުޑީސީއަށް
ޚަބަރު

ޕާޓީގެ ކުރިއެރުމަށްޓަކައި މޭޔަރުކަމުގެ ބަދަލުގައި އީނާ ޑަބްލިޔުޑީސީއަށް

މމުހައްމަދު އަލީ17 ޑިސެމްބަރު 2025
ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވުމަށްފަހު އާމިނަތު އީނާ (އީން) އެކަން ހުއްޓާލައިފިއެވެ. އައްޑޫ ސިޓީ ފޭދުއަށް އުފަން އީނާ މިފަދަ ވަރުގަދަ ނިންމުމެއް ނުންމެވީ އޭނާ އެޕާޓީއަކަށް ނިސްބަތްވާ ޕީއެންސީއަށްޓަކައެވެ. އަދި އޭނާގެ ސިޔާސީ ކެރިއަރުގެ ކުރިމަގަށް މިވަގުތަށް އެންމެ ފައިދާވާނީ މިގޮތް ކަމަށްވާތީއެވެ. ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެނަކީ އީނާއެވެ. އީނާ ބުނެފައިވަނީ މިފަދަ ހިތްވަރުގަދަ ނިންމެވުމެއް ނިންމެވީ އެތައް ބައެއްގެ މަޝްވަރައާއި ލަފާގެ މަތީން ކަމަށެވެ. މޭޔަރު ކަމުގެ ބަދަލުގައި އީނާ ވާދަކުރައްވަން މިހާރު ނިންމަވާފައިވަނީ އައްޑޫ ސިޓީ ގެ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމުގެ މަގާމަށެވެ. މޭޔަރު ކަމަށްވާދަ ނުކުރަން ނިންމެވިކަން ހާމަކުރައްވަމުން އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އީނާ ވިދާޅުވެފައިވަނީ "ޕީއެންސީ ގެ ކުރިއެރުމަށާއި އަދި އީންގެ ސިޔާސީ ކެރިއަރ އަށް އެންމެ ރަނގަޅު ގޮތަކީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ޚިދުމަތް ދިނުން ކަމުގައި ޤަބޫލުކުރެވޭތީ،" ކަމަށެވެ. މިވަގުތަށް އައްޑޫސިޓީއަށް އެންމެ ބޭނުންވަނީ ސިޓީގެ ކަނބަލުންނާއެކު އެކައްޗެއް ކިޔައިގެން ކަންކަން ހިންގާލެވޭނޭ ވަރުގެ މީހެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އެ އިތުބާރައި ޔަގީންކަން ވަރަށް ފުރިހަމައަށް އޮތުމުން "އައްޑޫ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަކަށް ވާދަކުރުމަށް ނިންމައި ރައްޔިތުންގެ މައުލޫމާތަށްޓަކައި މި ވާހަކަ ހިއްސާ ކުރަން،" އީން ވިދާޅުވެފައިވެއެވެ. އައްޑޫސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސާކަމުގެ މަގާމަށް ވާދަކުރައްވަން ނިންމެވުމުން މުޅިސިޓީ ރައްޔިތުންގެ ތާއީދު ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އީނާ ވަނީ ވިދާޅުވެފައެވެ. "މިކަމުގައި ލޮބުވެތި އެންމެހާ ރައްޔިތުންގެ ތާއީދަށް ވަރަށްބޮޑަށް އެދެން،" އީނާ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު