ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވަގަށް ނަގައިފައިވާ އިންޖީނެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
ޚަބަރު

ވަގަށް ނަގައިފައިވާ އިންޖީނެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

މމުހައްމަދު އަލީ20 ޑިސެމްބަރު 2025
ހުޅުމާލޭގެ ގެއަކުން ވަގަށްނަގާފައިވާ އައުޓްބޯޑް އިންޖީނެއް ފުލުހުން ހޯދައި އޭގެ ވެރިމީހާއާ ހަވާލުކޮށްފިއެވެ. މި އިންޖީނު ވަގަށްނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައިވަނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ އިންޖީން ވަގަށްނެގީ ވެސް އެދުވަހު ކަމަށް ބެލެވެއެވެ. އެއި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ. ވަގަށް ނަގާފައިވާ މި އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވެއެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު  ދަނގަޑުގެ ގޮތުގައި ނުއަގުގައި 108) ރުފިޔާއަށް) ވިއްކާލާފައިވަނިކޮށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު