ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މާލެ: ފަސް ސަތޭކެ ހަތްދިހަހަތް ފަހަރު ބަލައި ފާސްކޮށްފި
ޚަބަރު

މާލެ: ފަސް ސަތޭކެ ހަތްދިހަހަތް ފަހަރު ބަލައި ފާސްކޮށްފި

މމުހައްމަދު އަލީ20 ޑިސެމްބަރު 2025
ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 577ފަހަރު ބަލައިފާސްކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ފުލުހުން ވިދޅުވީ ފާއިތުވި 48 ގަޑިއިރުތެރޭގައި 128އިންޓަރެކްޝަން ހަދާފައިވނޭ ކަމަށެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 15އުޅަނދެއް ޗެކްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން ތިން އުޅަނދެއް ވަނީ ޓޯވކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 9 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ކޮށްއިވާ މަސައްކަތް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު