ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ދެބެއިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ މައިނާރު ބުރިވެއްޖެ
ޚަބަރު

ދެބެއިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ މައިނާރު ބުރިވެއްޖެ

މމުހައްމަދު އަލީ22 ޑިސެމްބަރު 2025
ހުޅުމާލޭ ހިޔާ އަށްވަނަ ޓަވަރުގެ އެޕާޓުމެންޓެއްގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ހިގާފައިވަނީ މިއަދު ކަމަށެވެ. ފުލުހުން އެ އެޕާޓުމެންޓަށް ދިޔައީ އެތަނުގައި އަޑުގަދަ ކުރާކަމަށް ލިބުނު ރިޕޯޓަކަށް ފަހުއެވެ. "މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވޭ. ޒަޚަމް ވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް،  މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ގުޅުންހުރި ޚަބަރު