ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބައުވެފައިވާ ވެހިކަލްތައް މާލޭގެ މަގުތަކުން ނަގަން ފަށައިފި
ޚަބަރު

ބައުވެފައިވާ ވެހިކަލްތައް މާލޭގެ މަގުތަކުން ނަގަން ފަށައިފި

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2024
މާލޭގެ މަގުތަކުގައި ހުރި ބައުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ. މިއީ މާލޭސިޓީކައުންސިލާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސިޓީކައުންސިލުން ވިދާޅުވީ މާލޭގެ އެކިސަރަހައްދުތަކުން މިހާރު ނަގަމުންދާ ވެހިކަލްތަކުގެތެރޭގައި އިންޖީންނެތް ވެހިކަލްތަކާއި ނުދުއްވައި ގިނައަހަރުތަކެއް ވެފައިވާ އުޅަނދުފަހަރު ހިމެނޭކަމަށެވެ. އިއްޔެ މި މަސައްކަތް ނިންމާލިއިރު މިފަދަ 224 ވެހިލެއްވަނީ ނަގައިފިއެވެ. މއީ މާލޭސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނޭ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު