ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޑރ. އަދީލަށް ދޭ ވޯޓަކީ ފަޚުރުވެރި މުސްތަގުބަލަކަށްދެވޭ ވޯޓެއް: އަޒާން
ޚަބަރު

ޑރ. އަދީލަށް ދޭ ވޯޓަކީ ފަޚުރުވެރި މުސްތަގުބަލަކަށްދެވޭ ވޯޓެއް: އަޒާން

މމުހައްމަދު އަލީ23 ޑިސެމްބަރު 2025
އައްޑޫ ސިޓީގެ ރައްޔިތުންނަށް ހައްގުވާ ބަދަލު އައްޑޫ ސިޓީކައުންސިލުން ރައްޔިތުންނަށް ގެނެސްދީފައި ނުވާކަމަށް ހިތަދޫ ދެކުނުދާއިރާގެ  މަޖިލިސް މެންބަރު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ. އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ "މިއަދު ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ، އައްޑޫ ސިޓީ ކައުންސިލުން އަޅުގަނޑުމެންގެ ސިޓީއަށް ހައްގުވާ ބަދަލު ގެނެސްދީފައި ނުވާކަން. ވައުދުތަކެއް ވީ ނަމަވެސް، ތަރައްގީ ފެންނަނީ ވަރަށް ލަސްކޮށް. ފުރުސަތުތައް ލިބުނު ނަމަވެސް، މަސައްކަތުގެ ރޭޓް އޮތީ ބަލިކަށިކޮށް. އައްޑޫ ސިޓީއަށް ބޭނުންވަނީ ހަމައެކަނި ވައުދުތަކެއް ނޫން. ބޭނުންވަނީ ގާބިލު، ނަތީޖާ ދައްކާފައިވާ ލީޑަރޝިޕެއް،" އަޒާން ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ އައްޑުއަށް ބޭނުންވާ ބަދަލާއި ތަރައްގީއާއި ހައްގުވާ މިންވަރު ކަށަވަރުކޮށް ދެވޭނީ ޕީއެންސީގެ ފަރާތުން އައްޑޫ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޑރ. އަހުމަދު އަދީލް ނަސީރަށް ކަމަށެވެ. "އަދީލަކީ ޒިންމާދާރު މަގާމުތަކަށް އާ ބޭފުޅެއް ނޫން. އޭނާގެ މުޅި ކެރިއަރު ހޭދަކުރައްވާފައިވަނީ ތައުލީމީ ޒުވާނުން ބިނާކުރުމުގައި. އޭނާގެ ތަޖުރިބާ އެބަހުރި،" "މި ދަނޑިވަޅު މުހިންމުވާ އަނެއް ސަބަބަކީ، އަދީލް ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓުގައި ކަމަށްވުން. މީގެ މާނައަކީ، ސަރުކާރާ ގުޅިގެން ސީދާ މަސައްކަތްކުރެވޭނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސް، ފަންޑު ހޯދައި، ސަރުކާރުން ނިންމާ ނިންމުންތަކުން އައްޑޫ ރައްޔިތުންނަށް ހަގީގީ މަންފާ ހޯދައިދެވޭނެ މޭޔަރަކު އައްޑޫ ސިޓީއަށް ލިބުން،" އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ތަރައްގީއަކީ ވަކިން އޮވެގެން އަންނަ އެއްޗެއް ނޫންކަމަށެވެ. އެއީ ލީޑަރޝިޕާއި، ފުރުސަތުތަކާއި، މަސައްކަތް އެކުވުމުން އަންނަ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އަދީލަށް ޒުވާނުންގެ މައްސަލަތަކާއި، ތައުލީމާއި، ވަޒީފާގެ ފުރުސަތުތަކާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، ޖުމްލަކޮށް އައްޑޫގައި ހުރި ހުރިހާ މައްސަލައެއް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އައްޑޫ ސިޓީއަށް ބޭނުންވަނީ އިތުރު ސިޔާސީ ބައިބައިވުންތަކެއް ނޫން. ބޭނުންވަނީ ނަތީޖާ،" އައްޑޫ ސިޓީއަށް ހަގީގީ ތަރައްގީ ގެނެސް، ކަންކަން ކުރަން ދަންނަ މޭޔަރަކު ހައްގުވާކަމަށް ގަބޫލުކުރައްވާނަމަ، އައްޑޫ ރައްޔިތުންގެ ވޯޓު ދެއްވަންވީ އަހުމަދު އަދީލް ނަސީރަށް ކަމަށް އަޒާން ވިދާޅުވެފައިވެއެވެ. މިއީ ހަމައެކަނި ވަކި ފަރުދަކަށް ދެވޭ ވޯޓެއް ނޫން ކަމަށާއި، މިއީ ބަދަލަށާއި، ގާބިލުކަމަށާއި، އައްޑޫ ސިޓީ ފަޚުރުވެރިވާނެ މުސްތަގުބަލަކަށް ދެވޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު