ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރައީސް ޑރ. މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި
ޚަބަރު

ރައީސް ޑރ. މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އެމެރިކާއަށް ފުރާވަޑައިގެންފިއެވެ. މިއީ އދ. ގެ އާންމު މަޖިލީހުގެ ހަތްދިހަ ނުވަވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އާންމު މަޖިލީހުގެ ހަތްދިހަނުވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރުކުރައްވާނީ ސެޕްޓެމްބަރު ސައުވީސްވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ސަމިޓުގައި މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާ ކުރިއަށްގެންދަވާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ޤައުމަކަށްވީތާ ފަންސާސް ނުވަ އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ ނަވާވީސްވާ އާދީއްތަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު