ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޕާޓީގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްކުރާނަން: ރައީސް ސާލިހު
ޚަބަރު

ޕާޓީގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްކުރާނަން: ރައީސް ސާލިހު

މމުހައްމަދު އަލީ25 ޑިސެމްބަރު 2025
އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި މިހާރުގެ ލީޑަރޝިޕާއެކު މަސައްކަތް ކުރައްވާނޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް މެންނަރުން އިތުރު ކުރުމަށްޓަކައި ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށެވެ. "ޕާޓީ ވަރުގަދަކޮށް މެންބަރޝިޕް އިތުރު ކުރުމުގެ މަސައްކަތް އަޅުފަނޑުމެން ދެމީހުން އެކުގައި ކުރާނަން،" ރައީސް ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާނޭ  ކަމަށެވެ. އެ މަސައްކަތުގައި ކުރިން ރައީސްކަން ކުރައްވާފައިވާ އެހެން ބޭފުޅުންނަށް ވެސް ބައިވެރިވެ ވަޑައިގަނެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު