ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އާންމު މަޖިލީހުގައި ރާއްޖޭގެ ބަސް އިއްވާނަން: ރައީސް
ޚަބަރު

އާންމު މަޖިލީހުގައި ރާއްޖޭގެ ބަސް އިއްވާނަން: ރައީސް

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2024
ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގްވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހާއި އެހެނިހެން ބައްދަލުވުންތަކުގައި ރާއްޖޭ ބަސް އިއްވަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގެ  79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާ ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށެވެ. މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އދ. އާއި އެކިއެކި ގައުމުތަކާއި އެކިއެކި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބުމަކޫ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. މި ދަތުރުފުޅަކީ ގައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު