ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
ޚަބަރު

މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ29 ޑިސެމްބަރު 2025
މުދާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ، ހއ.ހޯރަފުށީ، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު ޢާދިލް (57އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތި ފެނިފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ޑިސެންބަރ 25 ވަނަ ދުވަހުއެވެ. މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ކޮންމެ މީހަކުވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

ގުޅުންހުރި ޚަބަރު