ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފި
ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ30 ޑިސެމްބަރު 2025
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި ރ.ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) އާއި ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) އެވެ. މި ތިންމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް ޝައުފާން ޢަލީ (28އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ދެންތިބި ދެ މީހުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު