ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ތަރައްގީގެ މަގުތައް ކޮށޭނީ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެވެގެން: ރައީސް
ޚަބަރު

ތަރައްގީގެ މަގުތައް ކޮށޭނީ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެވެގެން: ރައީސް

މމުހައްމަދު އަލީ22 ސެޕްޓެމްބަރު 2024
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ، މުޅިދުނިޔޭގެ އިހްތިރާމް ލިބިފައިވާ ގައުމަކަށް ރާއްޖެ ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ ފަންސާސް ނުވައަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަސައްވަރު ހާމަކުރެއްވުމަށް ކަމުގައެވެ. "އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަސައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ. ގައި ރާއްޖެ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށް ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކޮށްގެން ރާއްޖެ ކުރިއަށް ގެންދަން ބޭނުންކަމަށް ރައީސް ވިދާޅިވިއެވެ. ރައީސް މި މެސެޖުގައި ވިދާޅުވެފައިވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމާއި ހިންގެވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރައްޔިތުންގެ މަސްލަހަތަކަމަށެވެ.

ގުޅުންހުރި ޚަބަރު