ދިވެހި|English 10 ޖުލައި 2026 · 01:30
Top banner
Advertisement
ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ފައިސާ ނުލިބޭ: ޝާހިދު
ޚަބަރު

ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ފައިސާ ނުލިބޭ: ޝާހިދު

މމުހައްމަދު އަލީ31 ޑިސެމްބަރު 2025
ދައުލަތުގެ ސްކޮލަޝިޕް/ލޯނުގައި ބޭރަށް ފޮނުވި ކުދިންނަށް (ވަޢުދުވެވަޑައިގެންނެވި ފައިސާ) ނުލިބޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ކުދިންނަށް ޓިއުޝަން ފީ އާއި ސްޓައިޕެންޑް ނުލިބިގެން ކޯސް ކެންސަލްވެފައި ތިބި ކުދިން އެބަތިބި ކަމަށެވެ.  މިކަންކަމާ ގުޅިގެން "މިނިސްޓްރީއަށް ގުޅަނީ - ފޯނަށް ޖަވާބެއް ނުދޭ ނުވަތަ "މިބަލަނީ" ވިދާޅުވޭ،" މީޑިއާއިން ސުވާލުކޮށްފިއްޔާ އެއީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ނުހިނގާ،" ކަމަށް ބުނެ ޖަވާދެއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަމިއްލައަށް ފައިސާ ނަގައިގެން ދިޔަ ކުދިންނަށް ރިފަންޑް ވެސް ނުލިބޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު