ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މުވައްޒަފުން ހެދުންއަޅާގޮތް ބަދަލުކުރަނީ ރައްޔިތުން ކޮންޓްރޯލްކުރަން: ފަޔާ
ޚަބަރު

މުވައްޒަފުން ހެދުންއަޅާގޮތް ބަދަލުކުރަނީ ރައްޔިތުން ކޮންޓްރޯލްކުރަން: ފަޔާ

މމުހައްމަދު އަލީ31 ޑިސެމްބަރު 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ޚުދުމުޚުތާރުކަން ދައްކަވައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައީސް ސާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރަން ސަރުކާރުން ނިންމަވައި އެކަން ކުރައްވަން ފެށްޓެވުމުން އެކަމުގައިހުރި ބައެއްކަންކަމަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން ސަރުކާރުން ކުރައްވާ ކަމެއް ކަމަށެވެ. "ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން. ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. ސަރުކާރުން ދެކެވަޑައިގަންނަވަނީ ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ ޒާތީ ކަންކަމާ ސަރުކާރުން ބެހިގެން ރައްޔިތުން އޮބިހެއްޓޭނެ ކަމަށް ދެކިގެން ނުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ޚިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމު،" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު