ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ސަތޭކައާ ގާތްކުރާ އަދަދަަކަށް މަސާޖުޕާލާތައް ބަންދުކޮށްފި: ރައީސް
ޚަބަރު

ސަތޭކައާ ގާތްކުރާ އަދަދަަކަށް މަސާޖުޕާލާތައް ބަންދުކޮށްފި: ރައީސް

މމުހައްމަދު އަލީ31 ޑިސެމްބަރު 2025
މިހިނގާ ޑިސެންބަރު ނުވައެއްގައި ފެށި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 96 މަސާޖުޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން މަސާޖު ޕާލާތައް ހިންގަމުންދާ ކަމަށެވެ. އެހެންވެ އެފަދަ ތަންތަން ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި "ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައި،" ރައީސް ވިދާޅުވެފައިވަނީ މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށެވެ. މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު