ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ދީނާއި ގައުމިއްޔަތު ބޭނުން ކުރައްވަނީ ސިޔާސީ ހަތިޔާރަކަށް: ފައްޔާޒު
ޚަބަރު

ދީނާއި ގައުމިއްޔަތު ބޭނުން ކުރައްވަނީ ސިޔާސީ ހަތިޔާރަކަށް: ފައްޔާޒު

މމުހައްމަދު އަލީ2 ޖެނުއަރީ 2026
ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކު ކުރެވޭގޮތަށް ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާ ކޮށްފި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓު ކުރުމުން އެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ފާޑު ވިދާޅުވެއްޖެއެވެ. އެކްސްގައި ފައްޔާޒު ވިދާޅުވެފައިވަނީ އެއް މަޝްވަރާ ވެސް ކޮށްގެންވާނޭ ކަމެއްނޫން ކަމަށެވެ. "މިއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން. ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރޭ،" އޭނާ ވިދާޅުވެފައިވެއެވެ. ދެހާސް ފަނަރަވަނަ އަހަރުވެސް "މިހާރު ސަރުކާރުގެ ވެރިން ވެސް މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި،" އޭނާ ވިދާޅުވެފައިވެއެވެ. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނޭ އަދި ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ؟" ވިދާޅުވެ ފަޔާ ވަނީ ސުވާލެއް ވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު ކަމަށެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރައްވަމުން ގެންދަވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ބަހާއި އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު