ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ގާނޫނު އަސާސީ އިސްލާހު ކުރަން މާދަމާ ޖަލްސާއެއް ބާއްވަނީ
ޚަބަރު

ގާނޫނު އަސާސީ އިސްލާހު ކުރަން މާދަމާ ޖަލްސާއެއް ބާއްވަނީ

މމުހައްމަދު އަލީ5 ޖެނުއަރީ 2026
އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިޖަލްސާ ބާއްވަނީ މާދަމާ ހެނދުނު 9 ޖަހާއިރު ކަމަށެވެ. "ޖަލްސާގެ ނޯޓިސް ފޮނުވީ މިއަދު ހެދުނު،" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިދުވަސް ވަރަކީ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތްދުވަސްވަރެކެވެ. "މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން މި ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލަން،" އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން،" ކަމަށެވެ. މި ސަރުކާރުން މިދަނީ މުޅި ޑިމޮކްރަސީގެ ނިޒާމު ފުނޑާލަމުން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. "މިހެން ކަންކުރާއިރު ހަނދާންކުރަން ޖެހޭ، ޤައުމުތަކުގެ ހުދުމުހުތާރު ވެރިންގެވެސް ނިމުން އަންނަކަން. އިއްޔެވެސް އެމަންޒަރު ފެނިގެން ހިނގައްޖެ،" އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު