ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި
ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމާންޑަރުން ކަނޑައަޅައިފި

މމުހައްމަދު އަލީ5 ޖެނުއަރީ 2026
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް މިއަދު ކަނޑައަޅުއްވައިފިއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރެވެ. ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނު ކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފެވެ. ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމެވެ. ޕޮލިސް ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ. މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ. ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިޚާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށްޓަކައި އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ޚަބަރު