ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފި
ޚަބަރު

ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފި

މމުހައްމަދު އަލީ5 ޖެނުއަރީ 2026
ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށް ރަސްގެތީމު ޕޮލިސް ޕޯސްޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީންނަށް މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި، ރަށުތެރޭގައި އުޅޭ އުޅުމުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށާއި އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށާއި ގެންގުޅޭ މުދަލަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ދުރުހެލިވެ، ރައްކާތެރިވުމަށާއި ރަށުގައި އުޅޭއިރު ދިމާވާ ނޭދެވޭ ކަންކަމުން ދުރުހެލިވެތިބުމަށް ވެސް ނަސޭހަތްތެރިވެފައިވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު