ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފަސް މައްސަލައެއްގެ ދައުވާކުރަން ފޮނުވައިފިން: ޕީޖީ
ޚަބަރު

ފަސް މައްސަލައެއްގެ ދައުވާކުރަން ފޮނުވައިފިން: ޕީޖީ

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް މިއަހަރުގެ މިހާތަނަށް ހުށަހެޅި، ކޮރަޕްޝަނާ ގުޅޭ 5 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް، (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ވިދާޅުވީ ފުލުހުން ފިޔަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ މިއަދު ވަނީ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ޕީޖީ ބާރުއެޅުއްވިއެވެ.

ގުޅުންހުރި ޚަބަރު