ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސަރުކާރުގެ ނިޔަތަކީ ވޯޓުގެ ބާރު ނިގުޅައިގަތުން: ޝާހިދު
ޚަބަރު

ސަރުކާރުގެ ނިޔަތަކީ ވޯޓުގެ ބާރު ނިގުޅައިގަތުން: ޝާހިދު

މމުހައްމަދު އަލީ5 ޖެނުއަރީ 2026
ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. "މިއީ ރައްޔިތުންނަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، “ވޯޓު” ގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް،" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝާހިދު މިހެން ވިދާޅުވީ މިހިނގާ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިކަމާ ގުޅިގެން ވިދާޅުވެފައިވަނީ " މަޖިލީހުގެ ދައުރުން ބޭރުން، މުޅި ނިޒާމު އެފުށުން މިފުށަށް ޖަހާލާ ފަދަ ބިލުތައް އަވަސްއަރުވާލައިގެން ފާސްކުރުމަކީ މުއިއްޒު އާދައަކަށް ހައްދަވާފައިވާ ބިރުވެރި ކަމެއް. ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭ ފުރުސަތު ހަނިކުރުމަކީ އިސްލާހެއް ނޫން، ފަހަތަށް އަޅާ ފިޔަވަޅެއް،" ކަމަށެވެ.

ގުޅުންހުރި ޚަބަރު