ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދުސަމާލު ނެރެފި
ޚަބަރު

ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދުސަމާލު ނެރެފި

މމުހައްމަދު އަލީ6 ޖެނުއަރީ 2026
ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދުސަމާލު ނެރެފި އެވެ. މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ ހުދުސަމާލު ނެރުނީ ގަޑިއަކު ނަވާރަ މޭލާއި ސައުވީސް މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. މިސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު އެކަކުން މިރޭ ހަތަކާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު