ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅުނު މި ދެރައީސުން ކޮބާ؟
ރިޕޯޓް

އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅުނު މި ދެރައީސުން ކޮބާ؟

ޟޟަމްރަތު އަހްމަދު7 ޖެނުއަރީ 2026
އެމްޑީޕީ ބައިބައިވެ ކުދިކުދި ވަމުންދިޔަ ހިނދެވެ. ޕާޓީގައި ކުރީގައި އޮތް ޕާޓީވަންތަކަމާއި ވަރުގަދަކަން ގެއްލި ޕާޓީ ހިމަވަމުންދިޔަ ހިނދެވެ. މިހާލަތުގައި އެމްޑީޕީގެ ރަންރީނދޫ ލަޝްކަރު އިއްތިފާގުވީ އެމްޑީޕީ ދެންވެސް އޭގެ ޒާތުގައި ވަރުގަދަވެ "މަސްޖަހައި ފަލަވާނީ" އެޕާޓީގެ ދެ ވެރިކަމުގައި ވެރިކަންކުރި ދެ ރައީސުންން ގުޅިގެންނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ރީނދޫ ލަޝްކަރަށް އުންމީދާއި އުފާވެރިކަން ގެނެސްދިނީ މިދެރައީސުން އަލުން ގުޅި އަތާއަތްޖަހައި ސަލާމްކުރުމުންނެވެ. ކޮނޑާއިކޮޑު ޖައްސައި އެކުވެރިންގެ ގޮތުގައި ތިބިކަން ދެއްކުމުންނެވެ. ނިމިދިޔަ އަހަރު ޑިސެންބަރު 24 ވަނަ ދުވަހު މިދެރައީސުން ވަނީ ބައްދަލު ކުރައްވައިފައެވެ. އެމްޑީޕީ އޮފީހުގައެވެ. އެދުވަހު ދެބޭފުޅުންވަނީ އެކިގައި ގަދަކޮށް ތިއްބެވިކަން ހާމަކުރައްވައިފައެވެ. އޭގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދިނެވެ. އުންމީދާއެކު ކުރިމަގު ކުރަހައިލެވުނެވެ. އެކުރެހުން ހަގީގަތަކަށްވާނީ ދެ ރައީސުން އެދުވަހު ހާމަކުރެއްވި ފަދައިން އެއްކޮށް މަސައްކަތްކުރައްވާތަން ފެނިގެންނެވެ. ދައްކައިގެންނެވެ. އެހެންނަމަވެސް އެދުވަހުގެ ބައްދަލުވުމަށްފަހު ދެ ރައީސުން ޣައިބު ވެއްޖެއެވެ. ބޮޑު ދެއިންތިޚާބެއް ކުރިމަތީގައި އޮތްއިރު މިއިން ބޭފުޅަކު ކުރީސަފުން ނުފެނެއެވެ. މިއިން ބޭފުޅެއްގެ އަޑެއް ނީވެއެވެ. އަދިވެސް ދެބޭފުޅުންގެ ހިތުން ތަދުތައް ނުފިލަނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެނގިވަޑައިގަންނަވާނީ އެ ދެރައީސުންނަށެވެ. މި ދެބޭފުޅުންނާ އެންމެ އަރިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވަނީ މި ދެރައީސުން ދުވަހަކުވެސް ދެން ނުގުޅޭނޭ ކަމަށެވެ. ސިޔާސީ ގޮތުން ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ފުންކަމާއި ބޮޑުކަމުންނެވެ. އެކަމުގެ ތަދާއި ކެކުޅުމުގެ ވޭންގަދަ ކަމުންނެވެ. މި އުދާސްގަނޑުގެ ތެރެއިން ޕާޓީ ހަފުސްވެގެން ދާތަން ބަލަން ކެތްނުވި ބަޔަކު ތެދުވިއެވެ. މިދެ ރައީސުން އަލުން ގުޅުވުމަށް އެތައް މަސައްކަތެއް ކުރިއެވެ. އެންމެފަހުން އެކަން ކާމިޔާބުވީ އޭރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލުގެ ވެސް އެތައް މަސައްކަތަކާއި ބޮޑު ގުރުބާނީއެއް ވެގެން ކަމަށް ޕާޓީގެ ވަތުބަތާނަ ދެނެވަޑައިގަންނަވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ މި ދެރައީސުންގެ ބައްދަލުވުމަށްފަހު ވެސް ޕާޓީއަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމެވެ. ބައެއް މީހުން ބުނާގޮތުގައި މިދެރައީސުން އެކުގައި އަތާއި އަތް ގުޅައިގެން ކޮނޑާއި ކޮނޑު ޖައްސަވައިގެން ނުކުންނަވާނީ ލޯކަލްކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ އިންތިޚާބަށް ފަހުގައެވެ.

ގުޅުންހުރި ޚަބަރު