ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އެމްޑީޕީ އިލެކްޝަން ކޮމިޓީގައި ތިބީ އާދަމް އާޒިމަށް ކެންޕޭންކޮށްދޭ މީހުން: ސައްޕެ
ޚަބަރު

އެމްޑީޕީ އިލެކްޝަން ކޮމިޓީގައި ތިބީ އާދަމް އާޒިމަށް ކެންޕޭންކޮށްދޭ މީހުން: ސައްޕެ

މމުހައްމަދު އަލީ8 ޖެނުއަރީ 2026
އެމްޑީޕީއަކީ އިންސާފާއި ހަމަހަމަ ކަމަށް ގޮވާލާ ޕާޓީކަމަށާއި އެހެން ނަމަވެސް ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން އެކުލަވާލައިފައިވާ އިލެކްޝަން ކޮމިޓީގައި ތިބީ ވަކިފަރާތަކަށް ތާއީދުކުރާ މެންބަރުން ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ވެސް މިނިވަންވާންޖެހޭ ކަމަށް ގޮވާލާ ޕާޓީ ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ ޕްރައިމަރީގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބި ގިނަ މެންބަރުންނަކީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ތާއިދު ކުރާ މީހުން ކަމަށް ވިދާޅުވިއެވެ. https://twitter.com/meemu_sapppe/status/2008075442302116331 މީމު ސައްޕެ ވަނީ ބައެއް މެންބަރުންގެ ނަންތައް ވެސް ހާމަކުރައްވައިފައެވެ. އެމްޑީޕީ އިލެކްޝަން ކޮމިޓީގައި ތިބި ބައެއް މެންބަރުންނަކީ މާކުރިން ނަޒާހަތްތެރިކަން ގެއްލިފައިވާ މެންބަރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އާދަމަށް ކަނޑައެޅިގެން ތާއިދުކުރާ މީހުންނާއި ކެންޕޭން ކުރާ މީހުންގެ އިތުރުން އާދަމް އާޒިމް ސިޓީކައުންސިލުން ވަޒީފާ ދީފައިވާ މީހުންވެސް ކޮމިޓީގައި ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. "އަލީ ނިޔާޒުމެންގެ ނުފޫޒުގައި ސީޕީ އެމްޕީ ގަބޯ އަކަށް މި ކޮމިޓީ އަކަށް ވަގުތީ ބަދަލެއްވެސް ނުގެނެވުނު،" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އަނެއްކާވެސް އެމްޑީޕީ ޕްރައިމަރީ އެއް ހިލާލާތަން ފެނިގެން މިދަނީ. މިއީ އެމްޑީޕިއަށް ގެއްލުން ބޮޑު ބިރުވެރިކަމެއް. ސީޕީ މިކަން ރަނގަޅު ކުރައްވާ،" ސައްޕެ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު