ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މާލެ ސްމާޓު ސިޓީއަކަށް ބަދަލު ކުރެވޭނެ: ޢަލީ ޢާޒިމް
ޚަބަރު

މާލެ ސްމާޓު ސިޓީއަކަށް ބަދަލު ކުރެވޭނެ: ޢަލީ ޢާޒިމް

މމުހައްމަދު އަލީ10 ޖެނުއަރީ 2026
މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ވަރަށް ތަފާތެވެ. އޭނާ ވިދާޅުވީ ނުވާނޭ ކަމެއް ނޯންނާނޭ ކަމަށެވެ. ހުރިހާކަމެއް ވެސް ވާނޭ ކަމަށެވެ. ކަމެއް ނުވާނޭ ވާހަކަ އޭނާ ގާތުން ދައްކައިގެންވެސް ނުވާނެެއެވެ. މާލޭ ސިޓީ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލު ނުކުރެވޭނޭ ވާހަކަ އެއްވެސް މީހަކު ދައްކައިގެން ނުވާނޭ ކަމަށް ވިދާޅުވިއެވެ. އޭނާގެ ތަސައްވުރަކީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލެ ސްމާޓު ސިޓީއަކަށް ބަދަލުކުރުމެވެ. އެގޮތުން ސާފު ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމްކުރުމަކީ އޭނާގެ ތަސައްވުރެކެވެ. އަދި ގްރޭޓަރ މާލެއަށް ބޭނުންވާ ހަކަތައިގެ 55 އިންސައްތަ މިފަދަ ވަސީލަތްތަކުން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކަރަންޓާއި ފެނުގެ ޚަރަދު ތިރިކުރުމަކީ ވެސް އޭނާގެ އުންމީދެކެވެ. ރައްޔިތުންނާ ގުޅޭ މުހިންމު ތަސައްވުރެކެވެ. ރައްޔިތުންނަށް އަމާޒުކޮށްގެން ހެލުންތެރިކަން އިތުރުކުރާ ކޮމިޔުނިޓީ ސެންޓަރުތަކުގައި ޒުވާނުންނާ ރައްޓެހި ޓެކް-ހަބްތައް ތަރައްގީ ކުރުމަކީ އޭނާގެ މުހިންމު ތަސައްވުރެކެވެ. އެއާއެކު ޑިޖިޓަލް ސޭފްޓީ އާއި ޑިޖިޓަލް ވިޔަފާރިއާއި ބެހޭ ސެޝަންތަކާއި ތަމްރީންތައް ހިންގައިދިނުމަކީ ސްމާޓު ސިޓީއަކަށް ބަދަލު ކުރުމަށް އޭނާ ކުރައްވާނޭ ކަންކަމުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން 24ގަޑިއިރު މާލެތެރެ ބެލެހެއްޓުމާއި ޒަމާނީ އެފަދަ އެހެން ވަސީލަތްތައް ތަރައްގީކޮށް ގޭގައި ތިބެގެން ބައެއް ޚިދުމަތް ހޯދުމުގެ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު