ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ
ޚަބަރު

މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އެއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާއީލް އެވެ. އުމުރުން ބާހައްޓި އަހަރުގެ ޣަނީ ބަންދުކޮށްފައިހުރީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައެވެ. މިއަދު ހެނދުނު 6:52 ގައި އަބްދުލް ޣަނީ އިސްމާއީލް އޭނާ ބަންދުކޮށްފައިހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަން ސާވިސް އިން މައުލުމާތުދިނެވެ. އޭނާ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވެސް ކަރެންޝަންސް އިން ބުންޏެވެ.

ގުޅުންހުރި ޚަބަރު