ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މާލޭ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްފަށައިފި
ޚަބަރު

މާލޭ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްފަށައިފި

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
މާލޭސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ހާލާތު ދެނެގަތުމުގެ ސާވޭއެއް ފަށައިފިއެވެ. މަލޭ ސިޓީކައުންސިލުން ވިދާޅުވީ މިއީ ނަވާރަ ދާއިރާއަލަށް ބަހާލައިގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ. ސާވޭ ފަށައިފައިވަނީ ސެޕްޓެމްބަރ ބާވީސް ވަނަދުވަހުއެވެ. ސާވޭގެ މަސައްކަތްނިމޭއިރު މަގުތަކުގައިހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނޭ ކަމަށް ވެސް ސިޓީކައުން ސިލުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ހަލާކުވެފައިވާ މަގުތަކާއި ހަލާކުވެފައިވާ ކާނުތަކާއި، ދުވާރާއި އިމާރާތް ކުރުމުގެ ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ތަންތަން ހިމެނޭނެއެވެ. މި މަސައްކަތުގައި މުވައްޒަފުންނާއެކު ސިޓީކައުންސިލްގެ ކައުންސިލަރުން ހަރަކާތްތެރިވެއެވެ. މި މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރު ތަކާއި ކާނުތައް މަރާމާތު ކުރުން ހިމޭނޭ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަދުފަހަރަށް، ކުރިމަތިވާ މައްސަލަތަކަށް ކޮށްމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ސާވޭ ނިމުމުން، މާލޭގެ މަގުތަކުގެ ހާލަތު ޖިޑިޓަލްކޮށް ބެލޭނެ ނިޒާމު ގާއިމްކުރެވޭނެއެވެ. އޭގެ ސަބަބުން މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. އެހެންކަމުން މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނޭ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު