ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ފާތިހު މަރާލި މައްސަލާގައި ފުލުސް އޮފިސަރުގެ ހެކިބަސްނަގައިފި
ޚަބަރު

ފާތިހު މަރާލި މައްސަލާގައި ފުލުސް އޮފިސަރުގެ ހެކިބަސްނަގައިފި

މމުހައްމަދު އަލީ24 ސެޕްޓެމްބަރު 2024
މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މަރާލައިފައިވާ މ. ސަރުމާގޭ ފާތިހު މުހައްމަދުގެ މަރާގުޅިގެން ފުލުހެއްގެ ހެކިބަސް ނަގައިފިއެވެ. އުމުރުން ސާދަ އަހަރުގެ ފާތިހުގެ މަރުގެ މައްސަލާގައި  ހެކިބަސްދީފައިވަނީ ފުލުހުންގެ ހިދުމަތުގެ ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ. ކުރިމިނަލް ކޯޓުގައި މިއަދުއޮތް މި މައްސަލައިގެ އަޑުއެހުމުގައި، އޮތީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކާ ގުޅިގެން ހެކިބަސް ނެގުމެވެ. ހެކިވެރިޔާ ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ، އިރުފާންއާ އެއްގޮތް ކަންތައްތަކެއް، ވީޑިއޯ ފުޓޭޖުން ފެންނަ ފަރާތުގައި ހުރިކަން ކަމާބެގޭ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވީޑިއޯ ފުޓޭޖުން ފެންނަނީ އިރުފާންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ. ފުޓޭޖުން ފެންނަ ފަރާތާ އިރުފާންއާ އެއްގޮތްކަމަށް ހެކިވެރިޔާ ބުނާ ސަބަބުތަކާ ގުޅޭގޮތުން ދިފާއުން ވެސް ސުވާލުކުރިއެވެ. އެކަމާގުޅިގެންވެސް ހެކިވެރިޔާ ބުނީ، އިރުފާނުގެ މޫނުގެ ބައްޓަމާއި ހަށިގަނޑާއި ރޫފަ ފުލުހުން ބަލާ މިންގަނޑުތަކާ އެއްގޮތަށް އެ ފްޓޭޖުން ދިމާވާ ކަމަށެވެ. ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 އެހައިކަންހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އިރުފާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

ގުޅުންހުރި ޚަބަރު