ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މިއަދުގެ އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ޚަބަރު

މިއަދުގެ އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ12 ޖެނުއަރީ 2026
"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. "ހައްޔަރު ކޮށްފައިވަނީ ގއ.ވިލިނގިލި، ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) ހަމައެރަށު، މިޔުޒިކީއާގެއަޙްމަދު މަދީޙު (33އ) އާއި، އެރަށު، އައިޒަން އަޙްމަދު އަނާމް އިބްރާހީމް (30އ) އާއި، އަރާއިރުގެ ނޫރުއްނިޡާމް (35އ) ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އުމަރުކޮށްފައެވެ. އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު