ޚަބަރު
ސަމާލުވޭ! އާދަމް އާޒިމް އެދަނީ ވެރިކަމާ ދިމާއަށް: ސައްޕެ
މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް މިހާރު ހިނގަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގެވި މަގުން ވެރިކަމާ ދިމާއަށް ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރު އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ. އާދަމް އާޒިމް ގެންދަވަނީ މާލޭސިޓީގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް ހޯދުމަށް އެމްޑީޕީގެ ޓިކެޓަށް ވަދަކުރަމުންނެވެ. އޭނާއާ ވާދަކުރާ އަނެއް މެންބަރަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
https://twitter.com/meemu_sapppe/status/2011422498278322227
ސައްޕެ ތުހުމަތު ކުރައްވާފައިވާ ގޮތުގައި އާދަމް އާޒިމް ގެންދަވަނީ އެކި މީހުންނަށް ވާޒީފާ ދީގެން އޭނާގެ ކެންޕޭނަށް މަސައްކަތް ކުރުވަމުން ކަމަށެވެ. "ސިޓީކައުންސިލް ތެރެއިން ތިމާގެ މީހުންނަށާއި އެކުވެރިންނަށް ބިންތަކާއި ވަޒީފާތައް ދީގެން ބާރާނުފޫޒުން މިއެންމެން އާދަމް އާޒިމްގެ ކެމްޕޭނަށް ނެރެގެން އެކުރަނީ ހަމަ މުއިއްޒުވެސް ކުރިމަސައްކަތް! މުއިއްޒު ޕީޕީއެމް ޖަހައިގަނެ ރައީސް ޔާމީނަށް ހަދާލިގޮތް އެއޮތީފެންނަން،"
"އެމްޑީޕީއާއި އެމްޑީޕީ ވެރިންނަށް ހަދާލާނީ ކިހިނެއްބާ! ޑިލީޓްކުރިއަސް އެޓްވީޓް ވެސް މިއޮތީ ފެންނަށް! މީ ވިސްނަންވީ ވަގުތު ، މީ ސަމާލުވާންވީވަގުތު! އެމްޑީޕީ މެންބަރުން ސަމާލުވޭ،" އޭނާ ވިދާޅުވެފައިވެއެވެ.